ބ. ފުޅަދޫއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ފުޅަދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި ހޯމް ކަރަންޓީޏުގައި ހުރި ދެ ފަރާތެއްގެ ސާމްޕަލް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ވެސް އެފަރާތުން ބުނެއެވެ.
ފުޅަދޫ ސިއްހީ މަރުކަޒުން ވަނީ ރަށުގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް ސަމާލުވުމަށް އެދިފައެވެ.

