ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ބޭރުކިޔަސް ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރަން ތާއީދެއް ނޫން: ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ނަން އިއްވައި ނެރުނަސް ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރަން ތާއީދު ނުކުރައްވާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލިސް މިއަދުގެ ޖަލްސާ ފެއްޓެވުމާއިއެކު މަޖިލިސް ތަޅުމުގައި ޝަރީފްއާއި، އެހެން މެމްބަރަކާއި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން ހޫނު ޒުވާބުތަކެއް ކޮށްފައެވެ. އަދި އެންމެފަހުން އޭނާ ވަނީ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފައެވެ.

ޝަރީފް މަޖިލިސް ޖަލްސާއިން ނެރުމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަން އިއްވައި މަޖިލީހުން ބޭރުކުރިނަމަވެސް ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކުރުމަށް(ސިޔާސީ ކުރުމަށް) ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

”ދިވެހި ފުލުހުންގެ ބިލަށް ކޮމިޝަންޑް އޮފިސަރުން ގާނޫނުގެ ޒަރީއާއިން ވަކިކުރާގޮތަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރާނެކަމަށް ބުނުމުން އިއްޒަތްތެރި މެންބަރު ދޮންބިލެތް އަހުމަދު އަޅުގަނޑާ ޒުވާބުކުރަން ފެށުމުން ނަން އިއްވައި މަޖިލީހުން މި ނެރުނީ އަޅުގަނޑު،“ ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ޒުވާބު ކޮންޓްރޯލް ނުވުމުން މަޖިލިސް ރައީސް ވަނީ ޝަރީފްގެ ނަން އިއްވައި ތަޅުމުން ނެރެފައެވެ. ނަމަވެސް ނަން އިއްވި ފަހުންވެސް ޝަރީފް ވަނީ ތަޅުން ދޫނުކޮށް މަޖިލީހުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ މި ޒުވާބަކީ ”ބަޤާވާތާއި“ ގުޅިގެން ހިނގައިދިޔަ ޒުވާބެއް ކަމަށެވެ. ޒުވާބު ކޮންޓްރޯނުވެ ޝަރީފް ނެރެން އަމުކުރައްވައި، ޒުވާބު ކުރެއްވި އަނެއް މެމްބަރު ތަޅުމުގައި ނެތުމުން މަޖިލިސް ރައީސަށް އޭނާގެ ނަން އިއްވޭގޮތް ނުވީކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: