ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ފަހު އެމްޑީޕީގެ ބަދަލުހިފުން ދެން އަމާޒު ވާނީ ދިވެހި ސިފައިންނަށް: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށްފަހު އެމްޑީޕީން ބަދަލުހިފުން ދެން އަމާޒުކުރާނީ ދިވެހި ސިފައިންނަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ވަނީ ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

އެކަމާއި ގުޅިގެން ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންނަށްފަހު އެމްޑީޕީގެ ބަދަލުހިފުން ދެން އަމާޒުވާނީ ދިވެހި ސިފައިންނަށްކަމަށާއި، މިއީ ހަސަދައިގެ ތެރެއިން ފާޅުވާ ނުރައްކާތެރި ނިންމުންތަކެއްކަމަށެވެ. ފުލުހުން ބަގާވާތްކުރިކަމަށް ބުނާއިރު، ސަރުކާރު ބަދަލުކުރި ހަގީގީ ބޮޑުން ތިބީވެސް މިއަދު އެމްޑީޕީ ސަރުކާރުގައިކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ދައުވާކުރާއިރު އެކަމާއި ގުޅިގެން ތުހުމަތު ކުރެވުނު ބޮޑުން ތިބީ އެމްޑީޕީގެ މި ސަރުކާރުގައި ކަމަށް ސައީދު ވިދާޅުވިއެވެ.

”ރައީސް ނަޝީދު ވެރިކަމުން ދުރުކަން ވެއްޖެ ކަމަށް ބުނީ މިއަދު އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު. ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނުގައި ފެނުނު ބޮޑުން މި ސަރުކާރު ކޯލިޝަންގައި. ބަދަލު ހިފޭނެ ބާ؟ ނަން ވާނީ ފުލުހުންނާއި ސިފައިން،“ ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: