ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިޔާތަކަށް މިއަދު މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އިންތިހާބު ނުބާއްވަން އެ ކޮމިޝަނުން އަދި ނިންމާފައިނުވާ ކަމަށާއި އެގޮތުން މާޗް މަހުގެ ހައެއް ނުވަތަ 13 ވަނަ ދުވަހު އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
”ހަމަ ޔަގީނުން ވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އަޅުގަނޑުމެންނަކަށް އިންތިހާބު ނުބޭއްވޭނެ“ ޝަރީފް ވިދާޅުވިއެވެ.
އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ދޭތެރޭ ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އެޗްޕީއޭގެ ބޭފުޅުން ވެސް ދަންނަވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

