ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ސްވިމިން ޕޫލަކީ ރައީސް ޔާމީންގެ މަސައްކަތެއް: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތުގައި އޮންނަ ސްވިމިން ޕޫލަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މަސައްކަތެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވެފައިވަނީ ސްވިމިންގް ޓްރެކް ހުޅުވި ޚަބަރު ޓްވީޓް ކުރައްވަވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، މިއީ ރައްޔިތުންގެ ލޮލުގައި އެދުން އެޅުވުން ކަމަށާއި މި ޕޫލަކީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ޒުވާން ޖީލަށް ކޮށްދެއްވާފައިވާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ކުރެޑިޓް މަޙްލޫފް ދެއްވާނީ ރައީސް ސޯލިހުއަށްތޯ ޝިޔާމްވަނީ މަޙްލޫފް ކުރެން އައްސަވާފައެވެ.

މި ޓްވީޓަށް ރައްދު ދެއްވަމުން މަޙްލޫފް ވިދާޅުވީ، ހައުސިންގް ޑިވަލަޕްމެންޓް ކޯޕަރޭޝަނަށް 16 މިލިޔަން ރުފިޔާ ދެއްކީ މިސަރުކާރުން ކަމަށާއި ސަރުކާރުން މަސައްކަތް ކުރައްވަނީ އޮލިމްޕިކް ފެންވަރުގެ ސުވިމިން ޕޫލެއް އެޅުއްވުމަށް ކަމަށެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާ ހަވާލުކުރިއިރު މި ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމްއެއް ގާއިމް ކޮށްފައިވެ އެވެ. އަދި އެއަށް ފަހު ސްވިމިންގް ޕޫލް ބަލަހައްޓަން ސްވިމިންގް އެސޯސިއޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: