އިންޑިއާއިން އަންނަ ހޮނިހިރު ދުވަހު ކޮވިޑް ވެކްސިން ދޭން ފަށާނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ޖުލައި މަސް އަންނަންވާ އިރަށް އެގައުމުގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭން ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ.
އިންޑިއާގައި މިހާތަނަށް 10.5 މިލިއަން މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.
ބަލީގައި 151،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

