ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީއިން ހުށައެޅި އިސްލާހުތަކާއެކު އިންތިޚާބު ބޭއްވޭ ގޮތަށް ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމެޓީއިން ހުށައެޅި އިސްލާހުތަކާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ބިލު ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. ފާސްކުރުމަށް ބޭނުން ނުވާކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއްނުވެއެވެ.

ސަރުޚާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށައަޅުއްވާފައި ވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އަލީ ނިޔާޒް ބިލު ހުށައެޅުއްވިއިރު، ބިލުގައި ހިމަނާފައި ވަނީ އިންތިޚާބު ފަސްކުރުމަށް ފާސްކުރި ސަންސެންޓް ގާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށެވެ.

އެގޮތުން އިންތިޚާބުތައް ބޭއްވުށް ވާންޖެހޭ ތައްޔާރީތައް ވުމަށް ގާނޫނުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތައް ކުރުކުރުމަށް ހުށައަޅުއްވާފައި ވެއެވެ.

މަޖިލީހަށް ބިލު ހުށައެޅުމަށްފަހު، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ބިލު ފޮނުވުމުން ކޮމެޓީއިން ވަނީ އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް ބައެއް އިސްލާހުތައް ގެނެސްފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތައް އާންމުކުރަން ވާނެކަމަށް ވަނީ ބުނެފައެވެ.

ކޮމެޓީއިން ގެނައި ބައެއް އިސްލާހުތަކުގެ ތެރޭގައި އިންތިޚާބަށް ތައްޔާރުވުމަށް ދޭންޖެހޭ މުއްދަތުތައް ކުރުކުރުމަށް ހުށައަޅާފައި އޮތް ބައި ވަނީ އުނިކޮށްފައެވެ.

އެ އިސްލާހު އުނިކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިންނެވެ. އީސީގެ ރައީސް ޝަރީފް ވިދާޅުވީ އެ މުއްދަތުތަކަކީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމަށް އެންމެ އެކަށީގެންވާ މުއްދަތުތަކެއް ކަމަށެވެ. އަދި މުއްދަތުތައް ކުރުކޮށްފިނަމަ ކޮމިޝަންގެ ޒިންމާތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ،

ކޮމެޓީއިން ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ދެން ހިމަނާފައިވަނީ، މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް އިންތިހާބު ނުބޭއްވޭނެކަމަށް ގަބޫލުކުރެވޭނެމަ، 30 ދުވަހުގެ މުއްދަތެއް އޮއްވައި އެކަން މަޖިލީހަށް އެންގުމަށެވެ. އެގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިއަށް އިންތިޚާބު ނުބޭއްވޭނެކަމަށް ގަބޫލުކުރެވޭނަމަ، 30 ދުވަހުގެ މުއްދަތެއް އޮއްވައި އިންތިޚާބު ނުބޭއްވޭނެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށައަޅަންޖެހޭގޮތަށް އަކުރެއް އިތުރުކުރުމަށެވެ.

މިމަހުގެ ތެރޭގައި ބިލު ފާސްވެއްޖެނަމަ، އޭޕްރިލް މަހުގެ ތެރޭގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިޚާބު ބޭއްވޭނެކަމަށް އީސީއިން ބުނެފައިވެއެވެ. ނަމަވެސް،  ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތެއް ހުރިހާ ޕާޓީތަކަށް ހަމަހަމައަސް ނުލިބޭ ކަމުގައިވާނަމަ އިންތިޚާބު ނުބާއްވާނެކަމަށް އީސީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: