ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރައިފިއެވެ.
މިއަދު ވެސް 122 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 15،736 މީހުންގެ ތެރެއިން ބަލިން ރަނގަޅު ނުވެ 1582 މީހުން އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އަދި އޭގެތެރެއިން 152 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގެ 50 އިންސައްތަ މިހާރު ވެސް ފުރިފައިވާ ކަމަށް އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޔޫސުފް ޝާން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

