ކޮވިޑް ވެކްސިން މާދަން ރާއްޖޭގައި ދޭން ފެށުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް މާހިރު ވިދާޅުވީ މާލެ އާއި އައްޑޫ އަދި ހދ. ކުޅުދުއްދުށީގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ މަސައްކަތްތެރިންނަށް ކަމަށެވެ.
ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އުފައްދާފައިވާ ”ކޮވިޝީލްޑް“ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތީރިޓީން ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

