މާދަމާ ކޮވިޑު ވެކްސިން ދޭން ފަށާއިރު ފުރަތަމަ ދޭނީ ސިއްހީ ހިދްމަތްތެރިންނަށް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ބުނެފިއެވެ.
އައްޑޫ އާއި، މާލޭގެ އިތުރުން ކުޅުދުއްފުށީގައި މާދަމާ ކޮވިޑު ވެކްސިން ދޭން ފަށާއިރު ހުރިހާ ތަނެއްގައި ވެސް ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ ސިއްހީ ހިދްމަތްތެރިންނަށެވެ.
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، ”ކޮވިޝީލްޑް“ ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ.
ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ.

