ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އއ.މަތިވެރި މޮނިޓަރިން އަށް ލައިފި އެވެ
މަތިވެރިއަށް އަރާ ފޭބުން މަނާ ކޮށްފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.
އެގޮތުން މަތިވެރީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
އެރަށުން ދެ ކުއްޖަކު މިއަދު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އެރަށުން ފައްސިވެފައި ވަނީ 21 ވަނަ ދުވަހު އެރަށުން ފައްސިވި ދެމަފިރިންގެ ކާފަ ދެ ދަރިންނެވެ

