ރާއްޖޭގައި ކޮވިޑް-19 އަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު 163 އަށް އަރައިފި އެވެ.
އިއްޔެ ކޮވިޑް-19 ބަލީގެ މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގޮސްފައި ވަނީ 152 މީހަކަށެވެ.އެހެން ނަމަވެސް މިއަދު އެ އަދަދު ވަނީ އިތުރުވެފައެވެ،
އެޗްޕީއޭއިން ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒްޓިވްވެ މީހުން އިތުރުވެ ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެމުންދާ ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ކޮވިިޑް-19 ނޫން އެހެެން ބަލިތަކަށްވެސް ކުރާނެ ކަމަށާއި، ރައްކާތެރިިވެ ތިބުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެެެވެ
ރާއްޖެއިން އިއްޔެ ކޮވިޑް-19 ބަލީގައި މީހަކު ނިޔާވެެސް ވެފައި ވެއެވެ. އެއީ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ.

