ކޮވިޝީލްޑް ވެކްސިން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖައްސަވައިފިއެވެ.
ރައީސް ނަޝީދު ވެކްސިން ޖައްސަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.
ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ބޭފުޅުން ވެސް ވެކްސިން ޖައްސަވާފައިވަނީ ވެކްސިން ޕްރޮގްރާމް ފެށުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރައްމިއްޔާތުގައެވެ.
މި ބޭފުޅުންގެ އިތުރުން ދައުލަތުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް އަންނަނީ ކޮވިޑް ވެކްސިން ޖައްސަވަމުންނެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

