ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

65 އަހަރުން މަތީގެ މީހުންނަށް މިއަދު ވެކްސިން ދޭން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޯވިޑް-19 ގެ ވެކްސިން ދިނުން މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ދެ ތަނަކުން މިއަދު 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ.

އެގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމަޔަށް ވެކްސިން ދިނުން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވެެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

– އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް

– ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން

– ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން

– ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން

– ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން

– ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: