ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 ރިސޯޓު އަލަށް ހުޅުވައި، 9000 ވަޒީފާ އުފެއްދޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު އަލަށް 18 ރިސޯޓު ހުޅުވި، 9000 ވަޒީފާ ފަތުރުވެރިކަމުގެ ދާއިރާއިން އުފެއްދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖްލިސް ފެށުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މި އަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

”އިޤްތިޞާދީ ޞިނާޢަތްތައް ފުޅާކުރާއިރު އެޞިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި،މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް، ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. “ ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަަމަށެވެ. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ވަނީ ބީލަމަށް ހުޅުވައިލާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: