އައްޑޫ ސިޓީ ހުޅުމީދޫ އިން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހުޅުމީދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ހަތަރު މީހެކެވެ.
ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނީ ފުރަތަމަ ދެ މީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ހުން އައިސްގެން ސިއްހީ މަރުޒަކަށް ދެއްކުމުން ހެދި ޓެސްޓުތަކުން ކަމަށެވެ. އަދި އެ ދެ މީހުން ޕޮޒިޓިވް ވުމުން އިތުރު ސާމްޕަލްތަކެއް އެ ސައިޓުން ނެގި ކަމަށާއި އެގޮތުން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދެ އެވެ.
އެޗްޕީއޭ އިން ވަނީ ހުޅުމީދޫގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

