ރިޒޯޓްތަކަށް ގޮސް އާމްދަނީ ހޯދާ ފަންނާނުންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ހާމަކޮށްފައިވާ ގޮތުގައި، ރިޒޯޓް މިއުޒިޝަނުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެންނެވެ.
ރިޒޯޓްތަކަށް ގޮސް އާމްދަނީ ހޯދާ ފަންނާނުންގެ އިތުރުން ރިސޯޓު މުވައްޒަފުންނާއި، ޓީޗަރުންނަށް ވެސް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

