މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލައިފިއެވެ.
އޭނާ ހައްޔަރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން އަމުރުކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
އިދިކޮޅުން ބާއްވަމުން އަންނަ އިހުތިޖާޖުތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

