އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 50 މީހަކު ރަނގަޅުވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މީދޫ އިން ފެނުނު ކޭސްގެ އިތުރުން އާ ކޭހެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް އިތުރު ތިން މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
އެ ތިން މީހުންނާއެކު އައްޑޫ އިން ބައްޔަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 50 އަށް އަރާފައެވެެ.
އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 38 ގައެވެ.

