އއ.މާޅޮހުގައި ނުކުޅެދޭ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ މަރުވެފައިވަނީ އެރަށު ސިއްހީ މަރުކަޒައް ގެންދިޔަ ފަހުންނެވެ.
މޫދުތެރެއިން ކުއްޖާ ފެނިއިވަނީ ގެއްލިގެން ހޯދަމުންދަނިކޮށެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ އއ. މާޅޮހުގައި ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އެކުއްޖާ ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ 17:50 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

