ސަރުކާރު ނުވެއްޓި އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސަބަބުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭން ރީ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އިދިކޮޅުން އިންތިހާބުގެ ކެމްޕެއިން ފެށުމަށް ފުރަތަމަ ބޭއްވި ޖަލްސާ އިން ފެނުނު މަންޒަރުތަކުން ސަރުކާރަށް ކެތް ނުކުރެވުނު ކަމަށާއި އޭގެފަހުން އެކި ކަންކަން ކުރިމަތިކުރަމުން އަންނައިރު ކޮވިޑް-19 އަކީ ސަރުކާރު ދަމަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ.
”މި ސަރުކާރު މިހާރު ނުވެއްޓި މިއޮތީ އެޗްޕީއޭގެ ސަބަބުން“ އަދުރޭ ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ކެމްޕެއިން ކުރުމަށް ވެސް ފުރުސަތު ނުދޭ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ މާޙައުލެއްވެސް ނެތްކަމައް އަދުރޭ ވިދާޅުވިއެވެ.

