ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ”ދެ މުސާރަ ތަކުރު“ ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި (ރައިޓް ޓު އިންފޮމޭޝަން) ގެ ދަށުން އެކަމާ ގުޅޭ މައުލޫމާތު ހޯދަން މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
”މަޖިލިސް މެންބަރު/ރައީސް އަދި ކުރީގެ ރައީސްގެ ޙައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތް. ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ޙައްޤުގަ ދޫކޮށްލުމުގެ ގަޓު ހުންނާނެ ބާ؟“ މަލީހު ވިދާޅުވިއެވެ.
އަދި ފެންނަން ހުރި މަދު ރޯ މަޢުލޫމާތުތަކަށް ބަލާއިރު ރައްޔިތުންގެ އަތުން މަހަކު 265419.70 ރުފިޔާ ނަޝީދު ނަންގަވާ ކަމަށާއި މީގެ ތަފްސީލް ބްރޭކް ޑައުން ހޯދާ އަދި ހާމަ ނުކޮށް ހުރިކަންކަން ފަޅާ އަރުވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.


One Response
މަލީހް ގެ މައްސަލައަކީ ތިކަން ޢެނގި ޙުރެ ޢެމީހުންގެ ތެރޭގައި ހުރެގެން ފޮރުވިކަން!! އިކްލާސްރެޜިކަމެއް ނެތް ތި ޢެންމެންގެ ޥެސް!! މުޅި ސަރުކާރު އޮތީ ތިޔަހެން!!