ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލް އިންތިހާބުން ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓުފޮށްޓަށެވެ. އެއީ ޅ. އަތޮޅުގެ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ މަރުކަޒެވެ.

ވޯޓު ލެއްވުމަށްފަހު ޖަމާލުއްދީން ސްކޫލުގައި މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

މިއީ ދަތި އުނދަގޫ ވަގުތެއްގައި ބާއްވާ އިންތިހާބެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެދެނީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ދެއްވުމަށްކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ކުރިއަށްދާ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށާއި މި އިންތިހާބުގައި، މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބީއެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: