މާލޭގެ ރައްޔިތުންނަށް ސަލްމާން މިސްކިތް ހުޅުވާދިނުމަށް މާލޭ ސިޓީ މޭޔަރުކަމައް އިންތިހާބުވި, މުހަންމަދު މުއިއްޒު އިލްތިމާސްކޮށްފިއެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީީ ރޯދަމަސް ފެށެން ކައިރިވިއިރުވެސް ސަލްމާން މިސްކިތް ނުހުޅުވޭތީ އެކަމާ ހިތާމަކުރައްވާކަަމަށެވެ.
އަދި މާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންނާއި މާލޭގެ ރައްޔިތުންނަށް އެ މިސްކިތް ބޭނުން ކުރެވޭނެ ގޮތްވީ އެންމެ އަވަހަކަށް ހަދައިދިނުމައް މުއިއްޒުވަނީ އިލްތިމާސް ކުރައްވާފައެވެ.
މިއީ ދެހާސްއެގާރަވަނަ އަހަރު ތައާރަފު ކުރެވުނު ލާމަރުކަޒީ ނިޒާމުގެ ދަށުން ބޭއްވި ކައުންސިލް އިންތިޚާބެއްގައި މާލެ ސިޓީ ކައުންސިލްގެ ނަތީޖާގައި އެމްޑީޕީ ބަލިވެ ޕީޕީއެމްއަށް މި ވަރުގެ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

