ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.
ވެކްސިން ޖެއްސެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވަނީ ހުރިހާ ފަރާތްތަކަކަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 15،000 އަށް ވުރެ މައްޗަށް އަރާފައެވެ.
ކޮވިޑް ވެކްސިން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

