އޭޑީކޭ ހޮސްޕިޓަލުގެ އީއާރަށް ގެންދިޔަ މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ހާލުބޮޑުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެނައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާ ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 114 ވަނަ މީހާއެވެ. އަދި މިއީ މި މަހު މި ބަލީގައި ރާއްޖެއިން މަރުވި 41 ވަނަ މީހާއެވެ. މި މަހަކީ މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި މަހެވެ.
ރާއްޖޭގައި މިވަގުތު 18،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 200 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

