ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ފެސިލިޓީގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް އެމްއާރުއެމްއިން ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްއާރުއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހުރި މައްސަލަތައް ހައްލުކޮށް، ވީހާވެސް އަވަހަކަށް ފެސިލިޓީގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ގޮވާލައިފިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް(އެޗްއާރުސީއެމް)އިން ނެރުނު ބަޔާނާ ގުޅިގެން އެމްއާރުއެމްއިން ބުނެފައިވަނީ އެބަޔާނުގައި ހުރީ ރައްޔިތުން ނުހަނު ކަންބޮޑުކުރުވަނިވި ކަންތައްތަކެއް ކަމަށެވެ. މިމައްސަލަތަކަކީ ރައްޔިތުންނާއި ނުހަނު ގުޅުންހުރި ކަމަކަށްވާއިރު، މިކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

ފެސިލިޓީއާ ގުޅޭގޮތުން މީޑިއާތަކުން އާންމުކުރި ޝަކުވާތަކާއި ގުޅިގެން އެޗްއާރުސީއެމުން ވަނީ މި މަހުގެ 25 ވަނަ ދުވަހު އެ ފެސިލިޓީއަސް ޒިޔާރަތް ހާލަތު ވަޒަންކޮށްފައެވެ. އެއަށް ނެރެފައިވާ ދެ ހަފްތާގެ ބަޔާނެއްގައި ބުނެފައިވަނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާއި ބަލި މީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލި މީހުންނަށް ފަރުވާ ދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން އެދުމަތި ކޮށްގެން ދޭންޖެހޭ ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ފެސިލިޓީގައި ބަލި މީހުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ނަރުހުން ކަމަށްވާއިރު ނަރުހުން މަދުވުމުގެ ސަބަބުންނާއި އަދި ކޮންމެ ދުވަހަކުވެސް އިތުރު މީހުން އެޑްމިޓްކުރަން ޖެހޭއިރު ބަލި މީހުންނާއި ބަލި މީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ދިނުމުގައިވެސް ލަސްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: