ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ކޯފާ އިސްކުރައްވާ ރައީސް ސޯލިހަށް: ”ކޮން ކަމެއްތޯ ސިއްރުކުރައްވަން ތިޔަ އުޅުއްވަނީ؟“

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު...
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ސަލާމަތީ ބާރުތައް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ނިންމިނަމަވެސް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ފޮނުވި ސިޓީއަކާއިގުޅިގެން، އެސިޓީގައި ސޮއިކުރެއްވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލާގައި އިމްތިޔާޒަށް އަރައިގެންފައިނުވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ނިންމުމުން ރައީސް މުހައްމަދު ނަޝީދު ކޯފާ އިސްކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ރައްދުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިވަގުތު ފޯނު ނުގެންގުޅުއްވާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އިންނަވާ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް މެސެޖް ފޮނުއްވެވީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަފީތް މެދުވެރިކުރައްވައެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖް އޮތްގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވިއިރު އެ މެސެޖުގައި ރައީސް ސޯލިހަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ކަންކަން ފޮރުވަން އުޅޭކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

މިއީ ރައީސް ނަޝީދު. ރޖ (ރައީސުލް ޖުމްހޫރިއްޔާ) ލޮބީ ކުރައްވައިގެން އެމްއެންޑީއެފް ގެ ވަކިވަކި ސިފައިން 241 (ކޮމިޓީ) އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތްކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއް ގޮތަކަށްވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ: ރައީސް ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ސޮއިކުރައްވައި ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފުގައިވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޒަމީލް މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުއްވާފައެވެ. އަދި ހަމައެއާއެކު އެއީ މަޖިލީޙުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއްކަމަށްބަލާ އެމައްސަލަ ބެލުމަށް އިމްތިޔާޒް ކޮމިޓީއަށް ފޮނުވުނެވެ. ޕީޖީ މިކަމުގައި ވަކި ގޮތެއް އަދި ނުނިންމަވައެވެ.

ނަމަވެސް ރޭ ބޭއްވި އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު ފާސްވީ ޒަމީލްއާއި ގުޅޭގޮތުން ރައީސް ނަޝީދު ފޮނުއްވި މައްސަލަ ބަލަން ނުފެންނަކަމަށެވެ، އެއާއެކު އެމައްސަލަ ބޭރުވީއެވެ.

މިމައްސަލަ އިމްތިޔާޒް ކޮމިޓީގައި ބަލަން ނުފެންނަކަމަށް ވޯޓް ދެއްވި މެމްބަރުންނަކީ:

  1. މުހައްމަދު ވިސާމް، ގަމު ދާއިރާ. (އެމްޑީޕީ)
  2. ހުސައިން ވަހީދު، ކޮމަންޑޫ ދާއިރާ. (އެމްޑީޕީ)
  3. އަބްދުﷲ ސަނީފް، ތިނަދޫ ދެކުނު ދާއިރާ. (އެމްޑީޕީ)
  4. އަލީ ރިޒާ، މިލަންދޫ ދާއިރާ. (އެމްޑީޕީ)
  5. މުހައްމަދު ނަޝީދު އަބްދުﷲ، ނޮޅިވަރަމް ދާއިރާ. (އަމިއްލަ)
  6. މުހައްމަދު ނާޒިމް، ދަނގެތި ދާއިރާ. (ޖޭޕީ)

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ރުހުމާއެކު މައްސަލަ ބޭރުކުރުމުން ރައީސް ސޯލިހަށް ނުރުހުންވެހުންނަވާ ރައީސް ނަޝީދު މެސެޖް ކުރެއްވިއިރު، ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ގުޅުން ގޯސްވެފައިވާތާ ވަރަށް ދުވަސް ވެއްޖެއެވެ. ދެ ބޭފުޅުންކުރެ ބޭފުޅެއް ޕަބްލިކަށް އެކަން ނުދެއްކެވިނަމަވެސް، އެތެރޭގެ ކޯޅުން ވަރަށް ބޮޑުކަން މިމައްސަލައިންވެސްވަނީ ފާހަގަވެފައެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 54%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 5%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަމަނަމަ އެމްއެންޑީއެފާނުކުޅޭތި ބޭހާނުކުޅޭތި ބަޑިި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: