ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ ރޭ 12:19 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 86 އަހަރުގެ ދިވެހި ފިރެހެނެއް ކޮވިޑް ބަލީގައި ނިޔާވެފައިވާކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި 186ވަނަ މީހާއެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި ނިޔާވާ ގިނަ މީހުން ކޮވިޑްގެ ދިފާއު ވެކްސިން ނުޖަހައެވެ. ރާއްޖޭގައި ކޮވިޑް ބަލީގައި އުމުރުން ދުވަސްވީ މީހުންގެ ކުޑަ ކުއްޖަކާ ޒުވާނުންވެސް ވަނީ ނިޔާވެފައެވެ.

