ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލިއަކަށް ލުއިތައް ދިނީމަ ވާގޮތް އޭޕްރީލް މަހު ފެނިގެންދިޔަ: ރައީސް

ފޮޓޯ-ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ކޮންޓްރޯލުކުރުމަށް އަޅައި ފިޔަވަޅުތަކަށް ކުއްލިއަކަށް ލުއިތައް ދިނުމުން ވާގޮތް ރައްޔިތުންނަށް އޭޕްރީލް މަހު ވާނީ ފެނިގެން ގޮސްފައި ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިމިވި ކޮވިޑްގެ ދެވަނަ ރާޅާއިއެކު އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމާފައިކަމަށެވެ. އަދި އަދި އޭގެ ފަހުން ލުއިތައް ދިނުމާމެދު ގޮތްތަކެއް ނިންމަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިހް ވިދާޅުވީ ކޮވިޑް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ކުއްލިއަކަށް ލުއިތަކެއް ދިނުމުން ވާގޮތް ރައްޔިތުންނަށް އޭޕްރީލް މަހުގައި ވާނީ ފެނިފައިކަމަށާއި، މިފަހަރު ލުއިތައް ދޭނީ އެފަދަ ގޮތެއް ނުވާނެ ހެން ވަރަށް ބޮޑަށް ކުރިއާލައި ރޭވުމަށް ފަހުގައި ކަމަށެވެ. މިފަހަރު ލުއިތައް ދެމުން ގެންދާނީ މަޑުމަޑުން ކަމަށްވެސް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެންނަމުން ދިޔަ މިންވަރު މަދުވުމާއިއެކު ސަރުކާރުން ވަނީ އެއްފަހަރާ ބޮޑު ލުއިތަކެއް ދީފައެވެ. އެގޮތުން އޭޕްރީލް މަހުގައި ބޭއްވުނު ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބަށް ވޯޓުލުމަށްވެސް ކަރަންޓީނު ނުވެ ރަށްތަކަށް ދިއުމަށް އެޗްޕީއޭ އިން ވަނީ ހުއްދަ ދީފައެވެ. މީގެއިތުރުން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ހަމަކުރުމަށްފަހު ކަރަންޓީނު ނުވެ ރަށްރަށަށް ދިއުމަށްވެސް ވަނީ ހުއްދަދީފައެވެ. އޭގެ ނަތީޖާއަކަށްވީ ދެވަނަ ފަހަރަށް ރާއްޖޭގެ ވަރަށް ހަލުވިކަމާއިއެކު ކޮވިޑް ފެތުރެން ފެށުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: