ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދު ކުރަން، ކޯޓުން ދިނީ 07 ދުވަސް!

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށްފައިސާ ނެގި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އަހްމަދު މޫސާ (އަންމަޓީ) ގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި އެވެ.

ހުޅުމާލޭގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ސީލައިފް ކުންފުނިން 203 މީހެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގި އެވެ. އަދި ބުކިން ފީގެ ގޮތުގައި އެކަނިވެސް 50،000 ރުފިޔާ ނަގައި، ފްލެޓުގެ ފުރަތަމަ ޕޭމަންޓެއްގެ ގޮތުގައި 600،000 ލައްކަ ރުފިޔާ ނެގި އެވެ. މި އެއްބަސްވުމުގެ ދަށުން 3000 ހައުސިން ޔުނިޓުގެ މަސައްކަތް 2019 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހެއެވެ. ފެލެޓު އެޅުމުގެ މަަސައްކަތް ނިމަންޖެހޭނެކަމަށް އެއްބަސްވުމުގައި ބުނާ ތާރީހު ހަމަވީއިރު ވެސް ކުންފުންޏަށް، ފްލެޓު އަޅާ ސަރަހައްދު ސާފު ކުރުން ނޫން އިތުރު މަސައްކަތެއް ނުކުރެވުނެވެ. ހިޔާނާތްވެ އޭނާއަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ބެލެވެ އެވެ.

14 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އައްމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ 42 ދައުވާ އެކެވެ. މި ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަދުވެގެން 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން އެދުނީ، ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުގައި ބަހައްޓައިދިނުމަށެވެ. ނަމަވެސް ކޯޓުން ބަންދަށް ދިނީ 07 ދުވަހުގެ މުއްދަތެކެވެ.

ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި، ޝަރީއަތުގައި އައްމަޓީ ބުނީ ކަސްޓޯޑިއަލް ޖަލުން، ރިމާންޑު ޖަލަށް ބަދަލުކޮށްދޭން އެދޭ ކަމަށެވެ. އެކަމަށް ދައުލަތުގެ ވެސް އިއުތިރާޒެއް ނެތުމުން، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކުރުމަށެވެ.

އެޗްޑީސީ އާއި ސީލައިފް ކުންފުންޏާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.  އެހެންނަމަވެސް، އެއްބަސްވުމުގައިވާ ގޮތަށް ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް ނުގެންގޮސް އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެފައިސާއަށް ހިޔާނާތްތެރިވެފައިވާކަމުގެ ތުހުމަތު ކުރެވެއެވެ.

އަންމަޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައިވަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސްރީލަންކާގައި އުޅެމުންދަނިކޮށެވެ. ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައިވީނަމަވެސް، އޭނާ ރާއްޖެ ގެނެސްފައިވަނީ މާޗު މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: