ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖެއްގެ ފުރާނަ ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ކަމެއް: މިނިސްޓަރު

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން މި ވިދާޅުވީ 13 އަހަރުގެ ކުޑަފިރިހެން ކުއްޖަކު ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު ރޭ މެންދަމު މަރާލައި އެއްލާލާފައި އޮއްވާ ފެނުމާ ގުޅިގެންނެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ދިޔަވަހީގެ ގޮނޑުދޮށުންނެވެ.

ކުޑަކުއްޖާގެ މަރު މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 27 އަހަރުގެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.

ޖެންޑާ މިނިސްޓަރު ޓްވީޓެއް ކުރައްވާ ވިދާޅުވީ ލޯތްބާއި އަޅާލުމާއި އަދި ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

”މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ ޢާއިލާއަށް ތައުޒިޔާ ކިޔައި، ކުއްޖާގެ ފުރާނައަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދޭ ޙާލު، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަން.“ މިނިސްޓަރު އައިޝާ ދީދީގެ ޓްވީޓްގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: