ކޮވިޑް-19 ގައި ހއ. ދިއްދޫ އިން މީހަކު މަރުވެއްޖެއެވެ.
ހއ އަތޮޅު ހޮސްޕިޓަލުން ބުނީ އިއްޔެ ކުއްލި ގޮތަކަށް މަރުވި ބަންގުލަދޭޝް މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ”އެކުވެރި ޓެއިލާސް“ އަށް ދިޔަ މީހުން ކޮންޓެކްޓް ޓްރޭސިންއަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 209 ވަނަ ފަރާތެވެ.
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭ އިން އިއްޔެ ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

