ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ހިޔާލު ނުހޯދުމަށް ނިންމައިފި

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން އިދާރާތަކުގެ ލަފާ ނުހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފިއެވެ.

އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)، އަކީ، އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ ރައްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް ވާހަކަ ދައްކަވާފައިވާ މައްސަލަގައި ޖެންޑާ ކޮމިޓީން މީގެ ކުރިން ނިންމާފައިވަނީ އިސްލާމިކް މިިނިސްޓްރީއާއި، ފަތުވާ މަޖިލީހާއި، އެޗްއާރްސީއެމް އާއި ހެލްތު މިނިސްޓްރީގެ ލަފާއެއް ހޯދުމަށެވެ. އެހެންނަމަވެސް ކޮމިޓީގެ މި ނިންމުން މިއަދު މުރާޖާކޮށް، އެ ފަރާތްތަކުގެ ލަފާ ނުހޯދަން ނިންމީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގަތުމުންނެވެ.

ކޮމިޓީގެ ނިންމުން މުރާޖައާ ކުރުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގާއި އީވާ ވިދާޅުވީ، މިހާރު ކުރަން އޮތް މަސައްކަތަކީ، އަންހެނުން ހިތާނު ކުރުމާ ބެހޭ ގޮތުން ހިޔާލު ހޯދުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން މިހާރު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވައި، މަނާކޮށް، އެކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ދައްކާ ގޮތް ބެލުން ކަމަށާއި، އެކަމަށް ޓަކައި އިތުރަށް ކުރަން އޮތީ ކޮން ކަމެއްތޯ ބަލައި އެކަން ހިނގިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނިންމުން މުރާޖާ ކުރުމަށްފަހު ނިންމާފައިވަނީ އަންހެން ކުދިން ހިތާނުކުރުމާއި ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ މަސައްކަތްތައް ބެލުމަަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: