ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ މައި ބަނދަރު ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މައި ބަނދަރު ޕޯޓަލް މައި ބަނދަރު ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފިއެވެ.

މިއީ އެމްޕީއެލްގެ ޙިދުމަތް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް، އެމްޕީއެލްގެ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު ބަދަލެކެވެ. މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލްއިންވެސް ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި، މޯބައިލް ޕޭ ޕޭގެ ހިދުމަތް ލިބޭނެ ގޮތްވެސް ވަނީ ހަމަޖެހިފައެވެ.

މި ބަދަލާއި އެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިންގ އޭޖެންޓުންނަށްވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ.

ހިދުމަތަށް އައި ބަދަލުތައް:

  • ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ. މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ.
  • ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) ހުށަހެޅޭނެ.
  • ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލާލެވޭނެ

އެމްޕީއެލްގެ އިލްތިމާސަކީ، ކޮވިޑްގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މަގްސަދަކީ، މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުން ކަމަށް ވެސް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: