ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ކާފިއު އުވާލަން ނިންމައިފި

ކާފިއުވަގުތު ބޭރުގައި އުޅުނު 3249 މީހަކަށް ފިޔަވަޅު އަޅައިފި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އުވާލުމަށް ނިންމައިފި އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ކާފިއު އިއުލާން ކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. ކާފިއު ހިންގަމުން އައީ ކޮންމެ ދުވަހެއްގެ ހަވީރު 6 އިން ފަތިހު 4 އަށެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ކާފިއު އުވާލުމަށް ނިންމާފައިވާކަމަށެވެ. އަދި ރޭގަނޑު 11:30 ވަންދެން ރެސްޓޯރަންޓް ކެފޭތައް ހުޅުވައިގެން ޚިދުމަތްދެވޭއިރު، ފިހާރަތައްވެސް 10:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެއެވެ.

މާލެ ސަރަޙައްދުގައި ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި ސިނަމާތަކާއި، ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 30 މީހުންނަށް ވުރެ ގިނަ މީހުންނަށް ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދޭން ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: