ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރުކަން ޒަހާ އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވައިފިއެވެ.

ޒަހާއަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ދެއްވާފައިވަނި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒަހާ އަދާކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމެވެ.

ޒަހާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޒަހާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައެވެ. އެގޮތުން ޒަހާ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަނު ކޮށްފައިވަނީ އެންވާރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދެވެ.

މީގެކުރިން ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސަރވިސް ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: