ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އުޅެނީ ބަރުލަމާނީ ނިޒާމާއި މެދު ރައީސް ޔާމީންގެ ބަހެއް ހޯދަން: މުއާޒް

ރައީސް ޔާމީން އަބްދުލްގައްުޔޫމާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ބުނެ ތަކުރާރުކޮށް ވާހަކަ ދައްކަވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދު އެމަނިކުފާނުގެ ވިސްނުން ހުރި ގޮތް ހޯދުމުގެ ބޭނުމުގައިކަމަށް ރައްޔިތުންގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

”ސަންގުޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، އޭނާ ދަންނަ ރައީސް ޔާމީނަކީ ދުވަހަކު ވެސް ޑީލްއެއްގެ ދަށުން މިނިވަން ވާން މަސައްކަތް ކުރާނެ ބޭފުޅެއް ނޫން ކަމަށެވެ. މިއީ އެއްވެސް މީހެއްގެ ބުއްދިއަށް ވެސް ގަބޫލު ކުރާނެ ވާހަކައެއް ނޫންކަން ފާހަގަކޮށް މުއާޒް ވިދާޅުވީ ރާއްޖޭގައި އޮތް ހަމައެކަނި ދެ ފިކުރަށް އެކީގައި ކުރެވޭނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

ދެ ޕާޓީއަކީ ވެސް ތަފާތު އެކި ހިޔާލުތައް ގެންގުޅޭ ޕާޓީއަކަށްވާއިރު، އެމްޑީޕީގެ އަސާސްތަކާއި، ގަބޫލުކޮށް ވަކާލާތު ކުރާ ކަންތަކަކީ އެއީ އިދިކޮޅުގެ ތާއީދެއް ދުވަހަކު ވެސް ލިބޭނެ ވިސްނުމެއް ނޫންކަން މުއާޒު ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީން މިވަގުތު ގޭބަންދުގައި ހުންނެވީ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ހެއްދެވި ޑީލްއެއްގެ ދަށުންކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މުއާޒް ވިދާޅުވީ ހުރިހާ ބާރެއް އޮތީ ރައީސް ސޯލިހުގެކަމަށް ބުނާއިރު ރައީސް ނަޝީދު ބުނާހާ ގޮތަކަށް ސަރުކާރުން އަމަލު ކުރާނެތޯ އޭނާ ސުވާލު އުފެއްދި އެވެ.

”ރައީސް ޔާމީން ހަގީގަތުގައި މިއަދު ގޭގައި ހުންނެވީ… އޭގެ ސަބަބަކީ ސަރުކާރުން އެގޮތަށް ބަދަލުކޮށްދިނީމަ އެގޮތަށް ކުރެވިފައި އެއިނީ… އެހެންވީމަ ރައީސް ނަޝީދާއި އެކު ހަދާ ޑީލަކުން މިހާރު ސަރުކާރުން އެކަން ކުރަންޖެހޭ ސަބަބެއް ވެސް އަޅުގަނޑަކަށް ނުވިސްނޭ…“ މުއާޒް

މުއާޒް ވިދާޅުވީ ފެންނަ މަންޒަރުތަކަށް ބަލާއިރު ރައީސް ނަޝީދާއި، ރައީސް ސޯލިހާއި ދެމެދު އޮތީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެހެންކަމަށްވާނަމަ ރައީސް ނަޝީދު ބޭނުންވާކަމެއް ހާސިލް ކުރުމަށް ސަރުކާރުން އެ ޖާގައެއް ނުދޭނެ ނޫންތޯ އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީއާއި، ޕީޕީއެމްގެ ފިކުރުގެ މައްޗަށް ރާއްޖޭގެ ސިޔާސީ މަޝްރަހު ބިނާވެފައި އޮތްއިރު ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުން އެއީ ގައުމުގެ މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫންކަން ފާހަގަކޮށް މުއާޒް ވިދާޅުވީ މިއީ އުޑާއި ބިމާހާ ތަފާތު ދެ ފިކުރު ކަމަށެވެ.

ސަރުކާރުގެ މައި ޕާޓީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވައި މުއާޒް ވިދާޅުވީ، ބާރާއި މެޖޯރިޓީ އޮތީ އެމަނިކުފާނުގެ ކަމަށް ރައީސް ސޯލިހު ވިދާޅުވިޔަސް އެއީ އަދި ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ކައިރީގައި ތިއްބެވި ބޭފުޅުންގެ ސަބަބުން ބާރު އޮތްހެން ހީވިޔަސް، ރައީސް ނަޝީދަކީ އެމަނިކުފާނަށް ވުރެ މާ ބޮޑު ތާއީދެއް އޮންނާނެ ބޭފުޅެއްގެ ގޮތުގައި މުއާޒް ވިދާޅުވި އެވެ. އަދި އާއްމުގެ ބޮޑު ތާއީދާއި، ލޯބި ލިބިފައިވަނީ ވެސް ރައީސް ނަޝީދަކަމަށެވެ.

މީގެ އިތުރުން މުއާޒް ވިދާޅުވީ، އިދިކޮޅުގެ އެންމެ އިސް ލީޑަރަކީ ޔާމީންކަމަށާއި، ރައީސް ނަޝީދު ބޭނުންވާ ބަރުލަމަނީ ނިޒާމު ގެނައުމަށް ބޮޑު ތާއީދެއް ބޭނުންވާނެކަމަށް އެމަނިކުފާނު ގަބޫލު ކުރާ ކަމަށެވެ. ހާއްސަކޮށް އެ އެއްބާރުލުން ޕާޓީގެ ތެރެއިން ނުލިބޭތީ، ރައީސް ނަޝީދު މަސައްކަތް ކުރަނީ، ބަރުލަމާނީ ނިޒާމެއް ގެނައުމުގައި ރައީސް ޔާމީންގެ ވިސްނުން ހުރި ގޮތް ބެލުމަށްކަމަށް މުއާޒް ވިދާޅުވި އެވެ.

”ރައީސް ނަޝީދު އެބަ ބޭނުންފުޅުވޭ މިތަނުގައި ކޮންމެހެން ވެސް ބަރުލަމާނީއެއް އޮންނަން. އެމަނިކުފާނުގެ ވާހަކަތަކުން އެކަން ވަރަށް ސާފު. އެހެންވީމަ އެކަމަށް….. ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރައްވާނެ އިދިކޮޅުގެ އެންމެ އިސް ލީޑަރަކީ ރައީސް ޔާމީންކަން… އެހެންކަމަށްވާނަމަ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އެވަރުގެ ބޮޑު ބަދަލެއް، ރައީސް ޔާމީންގެ ސޭއެއް ނެތި ނޫނިއްޔާ ތާއީދެއް ނެތި ނުގެނެވޭނެ. އެކަން ރައީސް ނަޝީދަށް ވަރަށް ސާފު“ މުއާޒް

މުއާޒް ވިދާޅުވީ ރައީސް ނަޝީދު އިދިކޮޅާއި އެކު މަސައްކަތް ކުރަން ބޭނުންކަމަށް ވިދާޅުވާ ސަބަބަކީ އެއީ ކަމަށެވެ. ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން މި ގައުމަށް ހަމަޖެހުމެއް ނެތްކަން މިއަދު ހުދު ރައީސް ނަޝީދުވެސް ގަބޫލު ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: