އިޚްލާސްތެރި ޕާޓީ މޯލްޑިވްސް އުފެއްދުމަށް ދިން ހުއްދަ ބާތިލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ”އިޚްލާސްތެރި ޕާޓީ މޯލްޑިވްސް“ ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މ.ކެލަން, މުޙައްމަދު އިސްމާއިލަށް 3 އޮކްޓޯބަރ 2021 ގައި ކޮމިޝަނުން ދީފައިވާ ހުއްދަ ބާޠިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މި ހުއްދަ ބާތިލުކުރި ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މުހައްމަދު އިސްމާއީލް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ”ކަރިޝްމާ ޕާޓީ“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާށެވެ. ނަމަވެސް އެފަހަރު ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައި ނުވަނީ އެ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ބުނެ އެވެ.

