ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ވެބްސައިޓުން ވެސް ހޯމް މިނިސްޓްރީގެ ނަން އުނިކޮށްފި

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރ/ ފޮޓީޯ- ހަބަރުދަބަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާކަން ހާމަވާ ސިޓީއެއް، ދައުރުވަމުން ދަނިކޮށް ރައީސް އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީގެ ނަން އުނިކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ހޯމް މިނިސްޓަރ އިމްރާން އަބްދުއަށް ފޮނުވާފައިވާ ސިޓީގައި، މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުއައްސަަސާ މިނިސްޓްރީގެ ދަށުން ވަކިކޮށްފައިވާކަމަށް ބުނެފައިވެ އެވެެ. އަދި މި މުއައްސަސާ ވަކިކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނުނު އައު ކުރުމާއި ގުޅިގެން އެއާއި އެއްގޮތަށް އަމަލު ކުރުމަށް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ރާއިސް އޮފީހުގެ ރަސްމީ ވެބްސައިޓުން ހޯމް މިނިސްޓރީގެ ނަން އުނިކުރި ސަބަބެއް ކަމަށް ބެލެވެނީ، އެނަމުގެ ދަށުން އަންނަ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފުލުހުންގެ ކަންކަން ބެލެހެއްޓުން ހިމެނޭތީ އެވެ.

އެންގިފައިވާ ގޮތުން، މި ސިޓީ ލިބުމުން އިމްރާން ވަނީ ކަންބޮޑުވުންފާޅުކޮށް، މިއީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ނިންމި ނިންމުމެއްގެ ގޮތުގައި ވިދާޅުވެފަ އެވެ. މިއީ މަޝްވަރާ ކުރުން މުހިންމު ކަމެއް ކަމުގައި ބުނެ އިމްރާން ވަނީ ސިޓީ އަލުން ރިވިއު ކޮށްދިނުމަށް އެދިފައެވެ.

ފުލުހުންނާއި ގުޅޭ ސުލޫކީ މައްސަލަތަކާއި، އަދި އެނޫންވެސް މައްސަލަތަކާއި ބެހޭ ގޮތުން ޖަވާބު ދާރީ ވާން ޖެހެނީ ހޯމް މިިނިސްޓްރީއަށް ނަމަވެސް، ދެން ފުލުހުންގެ ކަންތައް ބަލަހައްޓާނީ ކޮން ވުޒާރާއަކުންކަން އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: