ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 2.5 ބިލިއަންގެ އާމްދަނީއެއް!

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި އާމްދަނީއެއްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 14 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައި ވަނީ، ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 08 އިންސައްތަ އިތުރުވުމެވެ. އަދި ކުންފުނިން ކުރިޔަށް ގެންދާ އެހެން ވިޔަފާރިތަކަށް ވެސް ކުރިއެރުން ލިބިފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު އުފުލިގެން ދިޔަ ނިސްބަތާއި އެއްވަރަށް އަގު މަތިކޮށްފައި ނުވާތީ، ތެލުގެ ވިޔަފާރިން ލިބުނު ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 06 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއިއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 375 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓާގައި ވަނީ އޭގެ ކުރީ ކުއާޓާ އާއި އަޅާބަަލާއިރު 5 އިންސައްތަ ދަށްވެފަ އެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑިއަރީސް ތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓްގެ ގޮތުގައި 06 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، އެސްޓީއޯއަށް ސާފު ފައިދާއެއްގެ ގޮތުގައި ލިބެނީ 154 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެއްގެ ގޮތުގައި ކުންފުނިން ފާހަގަ ކުރެއެވެ. ސާފު ފައިދާ އިތުރުވީ ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ބުނީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި އެކު ޑިވިޑެންޑް ފައިސާ ތިންވަނަ ކުއާޓަގައި އެކައުންޓް ކުރުމެވެ. ޓެކްސްއަށް ކެނޑުމަށްފަހު ތިން ވަނަ ކުއާޓާގެ ސާފު ފައިދާއެއްގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: