ދިވެހިރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލެއް ގެނެވޭނީ ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ފުލް ޕްލެޖު ސަރުކާރަކުންކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ’ހަބަރަށްފަހު‘ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގައި ކުރިން ބަޖެޓު ކަނޑައަޅަމުން އައި ގޮތާއި މެދު ވިސްނުމުން އެނގިގެންދަނީ ދިވެހި ރާއްޖޭގެ އިގްތިސޯދަށް މަންފާ ކުރުވަނިވި ބަޖެޓެއް ކަނޑައަޅިފައިވަނީ، ގާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރުގައި ކަމަށެވެ. އިގްތިސޯދު އާރާސްތު ކުރެވޭނީ، ގާސިމްއަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި އިގްތިސޯދީ ގޮތުން ރާއްޖެ އަޅުވެތިކަމަކަށް ގޮސްދާނެ ކަމަށް އޭނާ ގާބޫލެއް ނުކުރެ އެވެ. ރަސްރަސްކަލުން ރާއްޖޭގައި ވެރިކަން ކުރި ޒަމާނުއްސުރެން ރާއްޖެއާއި ކަިއި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭ ކަން ފާހަގަކުރައްވަމުން ޔާމީން ވިދަޅުވީ، ކޮވިޑު ފަދަ ބަލިމަޑު ކަމެއް ނުވަތަ ދިމާވެދާނޭ ގުދުރަތީ ކާރިސާއަކުން އަމިއްލައަށް އަރައިގަނެ ގައުމު ރިކަވަރ ކުރުމުގެ ކުޅަދާނަކަން އަދި ނެތްކަމަށެވެ. އޭގެ ސަބަބުން ހިންގޭ ކޮންމެ ތަރައްގީގެ މަޝްރޫއެއްގައި ސަރުކާރުން އެހީ ހޯދަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ފާހަގަ ކުރިގޮތުގައި ދިވެހިރާއްޖެ ތަރައްގީވަމުން ދަނީ އަބަދުވެސް ބައެއްގެ އެހީތެރިކަމާއި އެކުގައެވެ.
މިނިވަން އިްގތިސޯދެއް ބިނާކުރުމަށްޓަކައި ގައުމަށް ބޭނުންވަނީ އެންމެ ކަމެއް ކަމަށާއި، އެއީ ހަރުދަނާ ލީޑާޝިޕެއްކަމަށް ޔާމީން ތަކުރާރު ކުރެއްވި އެވެ. އޭނާ ދެކޭގޮތުގައި މިނިވަން އިގްތިސޯދެއް ރާއްޖޭގައި ގާއިމު ކުރެވޭނީ ގާސިމް އިބްރަހިް ފަދަ ގާބިލު ބޭފުޅެއް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަާދއިގެންނެވެ.

