ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތަށް ކުޑަކަމުގޮސް، ހަތިމަށް ކުޅު ޖެހި މީހާގެ ނަފްސާނީ މައްސަލަ އެއް ނެތް: ޖެންޑަރ

ހަތިމަށްކުޅޫ ޖެހުމުން އާންމުން އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރައި ހަތިމަށް ކުޅު ޖެހި މީހާގެ ނަފްސާނީ އެއްވެސް މައްސަލައެއް ނެތް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެއިދާރާއިން މައްސަލަ އިތުރަށް ބެލިނަމަވެސް ހަތިމަށް ކުޅު ޖެހި ދިވެހި ފިރިހެނާ އަކީ އެއްވެސް ކަހަލަ ނަފްސާނީ ބަލިކަމަކާއި ކުރިމަތިލަމުންދާ ފަރާތެއް ނޫންކަމަށެވެ.

40 އަހަރުގެ މި މީހާގެ މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިނާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އަށް ރެފަރ ކުރެވިފައިވާ ކަމަށާއި، އޭނާގެ މައްސަލަ ގާތުން މޮނިޓަރ ކުރެވޭ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހާ އަކީ މީގެ ކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް، އޭރު އެމީހާ ދޫކޮށްލާފައިވަނީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް ބުނެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: