ސިނަމާލެ ބްރިޖު މަތީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މާބަނޑު މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ އެއާޕޯޓަށް ދެވޭ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން، މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން މިއަދު މެންދުރު 12:10 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާގެ އެ ސައިކަލުގެ ފަހަތުގައި އިނީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ކަމަށާއި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

