ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފަށް ދައުވާ ކުރީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން: ޝިޔާމް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މިކަމާ ގުޅިގެން ޝިޔާމް މިއަދު ވިދާޅުވީ ދައުލަތުން މަހްލޫފްގެ މައްޗަށް ދައުވާ އުފުލީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ މި ސަރުކާރަކީ މާ އިންސާފުވެރި ބައެއް ކަމުގައި ދަންކަން ވެގެން ކަމަށެވެ.

”އަޑީގައި އޮތީ ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ނުބައި ވިސްނުން އެކަނި.“ ޝިޔާމް ވިދާޅުވި އެވެ.

މި މައްސަލާގައި މަހުލޫފް ރޭ ވިދާޅުވީ ދައުވާކުރި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ކޯޓުގައި ހަގީގަތް ސާފުވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރާ ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33،000 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.

މިމައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް، އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވުމުން މަހުލޫފް މަގާމުން ސަސްޕެންޑް ކޮށްފައިވެއެވެ. އެހެންނަމަވެސް ދައުވާ ކުރުމާމެދު ގޮތެއް ނުނިންމި ގިނަ ދުވަސްވުމުން މަހުލޫފްގެ ސަސްޕެންޝަން އުވާލާ މަސައްކަތަށް ނެރެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: