ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1 މިލިއަން ރުފިޔާއިން 45 މިސްކިތް މަރާމާތު ނުކުރެވޭނެ: މުޢިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

1 މިލިއަން ރުފިޔާގެ ބަޖެޓަކުން މާލޭގެ 45 މިސްކިތް މަރާމާތު ނުކުރެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސް އެއްގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ވިދާޅުވީ، މާލޭގެ މިސްކިތްތަށް މަރާމާތުކުރުމަށް ފަންޑް ރެއިޒް ކުރުމަށް މި މަހުގެ 10 އަދި 11 ވަނަ ދުވަހަށް ބޮޑު ހަރަކާތެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތަށް ވަގުތު ބޭނުންވާކަމަށް ގިނަ ބަޔަކު ބުނަމުން ގެންދާތީ ހަރަކާތް ފަސްކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވީ ނަމަވެސް ސަރުކާރުން ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް މުޢިއްޒު ވިދާޅުވި އެވެ. އަދި އެއް މިލިއަން ރުފިޔާއިން މާލޭގެ 45 މިސްކިތް މަރާމާތު ނުކުރެވޭނެ ކަމަށާއި، މިއީ ނަމެއްގައި ދީފައިވާ ބަޖެޓެއްގެ ގޮތުގައި މޭޔަރު ސިފަ ކުރެއްވި އެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއަށް އެ ޝަކުވާތައް ހުށަހެޅުމުން ވެސް ބަޖުޓުގެ މައްސަލައިގައި އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މިސްކިތްތަކަށް ހާއްސަ އިސްކަމެއް ދޭކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ، ރައްޔިތުންގެ އެހީތެރިކަމާއި އެކު ވިޔަސް ނުވަތަ ވިޔަފާރިވެރިންގެ ފަނޑުގެ އެހީގައި ނަމަވެސް މިސްކިތްތަކަށް ގެންނަން ޖެހޭ ބަދަލު ގެންނާނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: