ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނު ގައްދޫ ކައުންސިލްގެ ރައީސް މިނިވަންވެއްޖެ

ޖަލުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވި މުހައްމަދު އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި އުފުލާފައިވާ ދައުވާތައް އެނާގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ މިނިވަންކޮށްފި އެވެ.

މުހައްމަދުގެ މައްޗަށް އުފުލީ، ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް، ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކުރީ މި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. ހުކުމަކާއި މެދު ދައުލަތުން ހިތްހަމަނުޖެހޭނަމަ، އެ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ. ނަމަވެސް އަދި މިހާތަނަށް މި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހާމައެއް ނުކުރެ އެވެ.

ދައުވާއިން މުހައްމަދު މިނިވަންވީ، ކުޑަކުއްޖަކަށް އޭނާ ފޮޓޯތަކެއް ފޮނުވީ އޭނާގެ އަމިއްލަ އެކައުންޓަކުންކަން ދައުލަތަށް ސާބިތުކޮށް ދެވިފައި ނުވާތީ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާ، މުހައްމަދު ކައުންސިލް އިންތިހާބުގައި ވާދަކޮށް ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައެވެ. އިދިކޮޅުން މުހައްމަދުގެ މައްޗަށް ކުރަނީ ރަނގަޅު ތުހުމަތުތަކެއްކަމަށް ގަބޫލެއް ނުކުރެ އެވެ. މީޑިއާތަކުގައި އޭނާގެ ވާހަކަތައް ދެކެވެން ފެށުމުން ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއި ސިޔާސީ ގޮތުން މުހައްމަދުގެ އަބުރު ކަތިލުމަށް ކުރި ތުހުމަތުތަކެއް ކަމަށެވެ.

މުހައްމަދު ގައްދޫ ކައުންސިލްގެ ރައީސަކަށް ވާދަ ކުރިއިރު ވެސް ހުރީ މައްސަލައިގެ ތުހުމަތުގައި ބަންދުގަ އެވެ. އިންތިހާބުތަކާއި ބެހޭ ގާނޫނާއި، ގާނޫނުގައި ވާ ގޮތުން ޝަރުއީ ކޯޓަކުން ޖިނާއީ ހުކުމެއް ނުކުރާހާ ހިނދަކު އިންތިހާބެއްގައި ވާދަ ކުރުމުގެ ފުރތުސަތު އެމީހަކަށް އޮންނާނެ އެވެ.

އިންތިހާބުގެ ފަހުން ގައްދޫ މެޖިސްޓްރޭޓު ކޯޓުން އޭނާ ބަންދުން ދޫކޮށްލި އެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ އަލުން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: