ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަކުވާ ހުށައެޅިނަމަވެސް، ކޮމިޝަނަށް ޖަވާބުދާރީއެއް ނުވެވޭ: އިދިކޮޅު

އިންތިހާބުގެ ކަންބޮޑުވުންތައް އީސީއާއި ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ކޮމަންޑޫ ބައި އިލެކްޝަނާއި މެދު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކެއް ހުރެ، އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުނު ނަމަވެސް ކޮމިޝަނަށް ޖަވާބުދާރީ ނުވެވޭ ކަމަށް އިދިކޮޅު ޕާޓީކަމަށްވާ ޕީޕީއެމް އިން ބުނެފިއެވެ.

ކޮމަންޑޫ ބައި އިލެކްޝަނާއި މެދު އިދިކޮޅުގެ ކަންބޮޑުވުންތައް ފާޅުކުރުމުގެ ގޮތުން މިއަދު ކޮމިޝަނަށް ވަޑައިގެން އިދިކޮޅުގެ މެމްބަރުން ވަނީ އިންތިހާބުގެ ކަންބޮޑުވުންތައް މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންތިޙާބާއި ދިމާކޮށް ކޮރަޕްޝަން ގެ އަމަލުތައް ސަރުކާރުން ހިންގާ ކަމަށާއި އިންތިހާބަށް ނުފޫޒު ފޯރުވާ ފަދަ އަމަލުތަކެއް ސަރުކާރުގެ ފަރާތުން ފެންނަ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އިނތިހާބާއި މެދު ހުރި ކަންބޮޑުވުންތައް ފާޅު ކުރެވުނު ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެދެވޭ ފަދަ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ބައްދަލުވުމަށްފަހު ވާހަކަދައްކަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރުގެ ފަރާތުން ފެންނަނީ ކޮރަޕްޝަންގެ އަމަލުތައް ތަކުރާރުކުރާ މަންޒަރު އެކަނި ކަމުގައެވެ. ކޮމަންޑޫގެ އިންތިހާބާއި ދިމާކޮށް ހަފްތާއެއްގެ ތެރޭގައި 3 ބޮޑު މަޝްރޫއު ނިންމުމަށް ސަރުކާރުން އަވަދިނެތި އުޅޭ އުޅުމަކީ އެއީ ސީދާ ގޮތުން އިންތިހާބަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އީސީ އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިންތިހާބުތަކާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި އިންތިހާބަކީ އިދިކޮޅުގެ ފަރާތުން ދުލެއް ނުލިބޭނެ އިންތިހާބެއް ކަމުގައެވެ.

ޕާޓިއެއް ރަޖިސްޓްރީ ވުމަސް މީގެ ކުރިން މަސްތަކެއް ހޭދަކުރެވޭ ކަމަށް ފާހަގަކުރަމުން ޝުޖާއު ވިދާޅުވީ ސމިއަދު އީސީ އިން ހަފްތާއެއްގެ ތެރޭގައި ޕާޓީތައް އުފަންކުރާ ކަމުގައެވެ. މީގެ ކުރިން ޕާޓީތައް ރަޖިސްޓްރީ ކުރުމަށް ހުށައަޅާ ފޯމްތައް ވެރިފައި ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވޭ ކަމަށާއި މިވަގުުތު ކޮމިޝަންގެ މަސައްކަތް ކުރިއަށް ދަނީ މިފަދައިން ނޫން ކަމަށް ޝުޖާއި ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކަން މިހެން ހިނގައި ދިއުމުން ދޭހަވަނީ އިލެކްޝަން ކޮމިޝަނަށް ވެސް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ކަމުގައެވެ.

އިދިކޮޅުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކޮމިޝަނާއި މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން އެދުނު ނަމަވެސް، ކޮމިޝަންގެ ފަރާތުން ލިބުނު ޖަވާބަކީ ރަސްމީ ސިފައެއްގައި ލިޔެ ކިއުން އެ އިދާރާއަށް ހުށައެޅުން ކަމުގައި އިދިކޮޅުން ވިދާޅުވިއެވެ. އެހެންކަމުން މިއަދުން މިއަދަށް ޕާޓީގެ ލީގަލް ޓީމުން މި މައްސަލަތައް ލިއުމުގެ ސިފައިގައި ލޮޖް ކުރެވި އީސީ އަށް ފޮނުވާނެ ކަމުގައި ޕާޓީއިން ބުނިއެވެ.

އިއްޔެ އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކާއި ބައްދަލުކޮށް، ޕާޓީތަކުގެ ކަންބޮޑުވުން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. މި ބައްދަލުވުމުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނި ނަމަވެސް. ކޮމިޝަނުން ވަނީ ބަޖެޓުން ބޭރުގައި ހިންގޭ މަޝްރޫއެއް ަނަމވެސް، މެނިފެސްޓޯގައި އެކުލެވިފައިވާ މަސައްކަތަށް ހުރަސް އެޅުމަށް ވަކި އެކޮމިޝަނުން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: