ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި މިއަދު އިތުރު ދެ މީހަކު މަރުވެއްޖެ

އައިޖީއެމްއެޗްގެ މެޑިކަލް ފެސިލިޓީ/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ޖެހިގެން ފަރުވާ ދެމުންދިޔަ ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

ކޮވިޑުގައި މިއަދު ފުރަތަމަ މަރުވީ ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 64 އަހަރުގެ ލ. ފޮނަދުއަށް ނިސްބަތްވާ ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:04 ގަ އެވެ.

މިއަދު ދެވަނައަށް މަރުވީވެސް ފޮނަދުއަށް ނިސްބަތްވާ މީހެކެވެ. އެއީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 267 އަކަށް އަރާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: