ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކޮމްއިން ނިންމި ނިންމުމެއް ބެލުމަށް ސުޕްރީމް ކޯޓުން ހައިކޯޓަށް އަންގައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ނިންމާފައިވާ ނިންމުމެއް ބެލުމަށް ސުޕްރީމް ކޯޓުން ހައި ކޯޓަށް އަންގައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ނިންމާ ނިންމުމަކާއި މެދު ހިތްހަމަނުޖެހޭ ކަމުގައިވާނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށައެޅޭނެއެވެ. އެހެންނަމަވެސް އެމްޑަބްލިއުއެެސްސީ އާއި ދެކޮޅަށް ހުށައެޅި މައްސަލައެއްގައި، އެމްޑަބްލިއުއެސްސީގެ މައުލޫމާތުތަކެއް އާންމުކުރުމަށް އައިކޮމްއިން އެންގި މައްސަލަ ހައި ކޯޓަށް ހުށައެޅުމުން ހައި ކޯޓުން ވަނީ އެ ކޯޓަށް އެފަދަ މައްސަލަތައް ނުބެލޭނެކަމަށް ބުނެފަ އެވެ.

އެމްޑަބްލިއުއެސްސީގެ މައްސަލާގައި ހައި ކޯޓުން އެފަދައިން ނިންމާފައި އޮތުމުން މިފްކޯއިން ހުށައެޅި މައްސަލައެއްގައި ވެސް ހައި ކޯޓުން ނިންމީ އެގޮތަށެވެ.

އެމްޑަބްލިއުއެސްސީގެ މައްސަލައަކީ އެ ކުންފުނީގެ ވަޒީފާއިން ވަކި ކުރި މީހެއް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮޑިޓު ރިޕޯޓެއް ހޯދަން ހުށަހެޅުމުން އެ ރިޕޯޓު ދޫކުރުމަށް އައިކޮމްއިން އެންގި މައްސަލައެކެވެ. ހައި ކޯޓުން މައްސަލައިގައި މިދިޔަ އަހަރު ނިންމީ ގާނޫނުގައި އައިކޮމްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެކަމަށް އޮތަސް، ކޮމިޝަނަރުގެ ނިންމުންތައް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. އެ މައްސަލަ އެމްޑަބްލިއުއެސްސީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއުރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަކާލާތު ކުރީ، ހައިކޯޓުގެ ހުކުމާއި ދެކޮޅަށެވެ.

އޭރު އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ، ހުސެއިން ފިޔާޒް މޫސާ އެވެ.

ދައުލަތުން މައްސަލައިގައި ބުނީ ހައިކޯޓުން ގާނޫނު މަނާ ކުރީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލޭނީ ހައި ކޯޓަށް ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށާއި އެހެންކަމުން، އެ ނިންމުން ގޯސް ކަމަށެވެ.

މިއީ ކޯޓުގައި ވެސް ހޫނު ބަހުސްތަކެއް ކުރެވުނު މައްސަލައެކެވެ. އެއަށް ފަހު މިފްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު މިދިޔަ އަހަރު އެންގުމުން، އެ އެންގުން އިސްތިއުނާފްކުރަން އެ ކުންފުނިން ހައި ކޯޓަށް ހުށައެޅިއެވެ. އަދި އެފަދަ މައްސަލަތައް ނުބެލޭނެކަމަށް އެމްޑަބްލިއުއެސްސީގެ މައްސަލައިގައި ނިންމާފައި ވާތީ މިފްކޯއިން ހުށައެޅި މައްސަލަ ވެސް ނުބެލޭނެކަމަށް ހައި ކޯޓުން ނިންމިއެވެ.

ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމުމުން މިފްކޯއިން ސުޕްރީމް ކޯޓުގައި އެމައްސަލަ އިސްތިއުނާފްކުރިއެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެފަދަ މައްސަލަތައް ހައި ކޯޓަށް ހުށަހެޅޭނެކަމަށް ގާނޫނުގައި ބުނެފައިވާކަން ފާހަގަކޮށް އެގޮތަށް އެ މައްސަލަ ނިންމާފައެވެ

ހެންކަމުން މިފްކޯއިން ހުށަހެޅި މައްސަލަ 10 ދުވަސް ތެރޭގައި އަލުން ހުށަހަޅައިފި ނަމަ އެ މައްސަލައެއް ހައި ކޯޓުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: